ތިތިބީ ގައުމު ވިއްކާލައިގެން، މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ – ޝުޖާއު

ތިތިބީ ގައުމު ވިއްކާލައިގެން، މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ – ޝުޖާއު

އެމްޑީޕީ އިން ގައުމު ވިއްކާލައިފި ކަމަށާއި، މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ ކަމަށް މާލެސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހިމް ސުޖާއު ވިދާޅުވެއްޖެއެވެ.

ސުޖާއު މިހެން ވިދާޅުވީ، އެމްޑީޕީއިން މިއަދު މާލޭގައި ބޭއްވި ބައްދަލުވުމުގައ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް ދެއްކެވި ވާހަކައާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެޖަލްސާގައި ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ، މޭމަތީގައި ބޮޑުސިންގާކޮށް "އިންޑިއާ އައުޓް" ޖަހައިގެން އަތިރިމަތީގައި ހުރީ ތަހުޒީބު ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ތަހުޒީބު އެބަސްފުޅު ދަންނަ ބޭފުޅެއްވެސް ނޫން އެއީ. އެހެން ނަމަ މިރާއްޖޭގެ ރައްޔިތުންނަށް އެވަރުގެ ބޮޑު ގެއްލުމެއް ނުދޭނެ. ރައީސް ނަޝީދު ވިދާޅުވިހެން އިންޑިއާ އައުޓެކޭ ނުގޮވޭނެ. އެ ގޮވާ ކަމަށް ވަންޏާ އަޅުގަނޑުމެން ޖެހޭނެ އެމީހެއްގެ ކަންފަތް މަތީ ޖަހަންވެސް." ފަލާހް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ފަލާހް ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އިންޑިއާ އައުޓް ގޮވޭނެ ކަމަށާއި، އަދި ގޮވާނަން ކަމަށެވެ.

"އިންޑިއާ އައުޓް ގޮވޭނެ، ގޮވާނަން. ނުވެސް ޖެހޭނެ. ޖެހޭނީ ހަޖަމްކޮށްލައިގެން ތިބެލަން. މިއީ ތާހިރު ދިރިއުޅުން ރައްޔިތުންނަށް ދައްކަން އައި މީހުންގެ ފެންވަރު ހުރި ގޮތް! ތިތިބީ ޤައުމު ވިއްކާލައިގެން. މޭ ފުއްޕާފަ މަމީ އާނޯލްޑޭ ބުނި ޒަމާން ނިމިއްޖެ." ފަލާހް ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެތިބޭ މައްސަލައިގައި، އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތްތައް، އެކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެންނެވި ފަހުން ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ. އެކަމާ ގުޅިގެން އެމްޑީޕީ މަޖިލިސް މެމްބަރުންނާއި ބައެއް މިނިސްޓަރުން ގެންދަވަނީ އިންޑިއާ އައުޓް ހަރަކާތްތަކާ ދެކޮޅަށް މީސްމީޑިއާގައި އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި ވާހަކަ ދައްކަވަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *