ހުވަދު އަތޮޅު އިންޓަރނޭޝަނަލް އެއާރޕޯޓެއް ނާޅާ، އެހެން އެއާރޕޯޓު އަޅާ މައްސަލައިގައި މެމްބަރު ސަނީފް ކަންބޮޑުވުން ފާޅުކޮށްފި

ހުވަދު އަތޮޅު އިންޓަރނޭޝަނަލް އެއާރޕޯޓެއް ނާޅާ، އެހެން އެއާރޕޯޓު އަޅާ މައްސަލައިގައި މެމްބަރު ސަނީފް ކަންބޮޑުވުން ފާޅުކޮށްފި

ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރެއްވި ދުވަސްވަރު ކޮށްފައިވާ ވައުދާ އެއްގޮތަށް ހުވަދު އަތޮޅުގައި އިންޓަރނޭޝަނަލް އެއާރޕޯޓެއް ގާއިމު ނުކޮށް އެހެން އެއަރޕޯޓުތައް އަޅާ މައްސަލައިގައި ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ސަނީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ސަނީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިވެރިކަމަށް ވަޑައިގަތުމަށް ހުވަދު އަތޮޅުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ވެވަޑައިގަތް ވައުދު ނުފުދި އޮއްވައި، ކްރޮސް ސަބްސިޑީގެ ދަށުން ވައުދު ނުވާ އެހެނިހެން އެއަރޕޯޓުތައް އަންނަނީ، ހުވަދު އަތޮޅުގައި ފަޅުރަށްތަކާއި ވަސީލަތްތައް ނެތީ ތޯ ބުނެ ސުވާލު އުފައްދާފައެވެ.

ސަނީފް މިހެން ވިދާޅުވެފައިވަނީ، ރާއްޖޭގެ ހަ ރަށެއްގައި ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން، 133 މިލިއަން ޑޮލަރުގެ އަގުހުރި ޑޮމެސްޓިކް އެއަރޕޯޓުތަކެއް ތަރައްގީކުރާނެ ނުވަތަ ތަރައްގީކުރަން މާލީ އެހީވާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީއިން އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

މެމްބަރު ސަނީފް ފާހަގަ ކުރެއްވިފައިވަނީ، ރައްޔިތުންނާއި ދާއިރާގެ ތަރައްގީގެ ކަންތަކުގައި އަބަދުވެސް ވަކާލާތުކޮށް ރައްޔިތުންގެ ހައްގުގައި ބަސް ބުނަން ޖެހުނު ކޮންމެ ފަދަ ވަގުތެއްގައިވެސް ފަސްޖެހުމެއް ނެތި ވަކާލާތު ކުރަމުންދާ މަޖިލިސް މެމްބަރެއްގެ ގޮތުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *