މިސްކިތަށް ބޮޑުކަމު ދިޔަ މީހާ ޖަލުގައި ބަހައްޓައިފި ނަމަ ހާލު ގޯސްވެދާނެތީ ދޫކޮށްލައިފި

މިސްކިތަށް ބޮޑުކަމު ދިޔަ މީހާ ޖަލުގައި ބަހައްޓައިފި ނަމަ ހާލު ގޯސްވެދާނެތީ ދޫކޮށްލައިފި

އައްޑޫ މިސްކިތަކަށް ބޮޑުކަމު ދިޔަ މީހާ އިތުރަށް ޖަލުގައި ބަހައްޓައިފިނަމަ ހާލު ގޯސްވެދާނެ ކަމަށް ބުނެ އަނެއްކާވެސް ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، މިސްކިތަށް ބޮޑުކަމު ދިޔަ މައްސަލައިގައި ހައްޔަރު ކުރިމީހާގެ ހާލަތު ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުމުން އޭނާ އިތުރަށް ޖަލުގައި ބަހައްޓައިފިނަމަ ހާލަތު ގޯސްވެދާނެ ކަމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ، އޭނާ ދޫކޮށްލައި އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ، އައްޑޫސިޓީ ފޭދޫގައި ހުންނަ މަސްޖިދުލް އަމާން މިސްކިތަށާއި މަސްޖިދުލް ނަސްރިއަށް ބޮޑުކަމު ދިޔަ މައްސަލައިގައި، މިހިނގާ ޑިސެމްބަރު 16 ވަނަ ދުވަހުއެވެ.

އެމިސްކިތްތަކަށް ބޮޑުކަމު ދިޔަ 46 އަހަރުގެ ދިވެހި ފިރިހެން މީހާ ބުނެފައިވަނީ، އޭނާ މިސްކިތްތަކަށް ބޮޑުކަމު ގޮސްފައިވަނީ "ޝައިތާނާ" ބުނެގެން ކަމަށެވެ. އޭނާ ވަނީ  މިސްކިތަށް ބޮޑުކަމު ދިއުމަށްފަހު އެތަނުގައި މުސައްލަ ބާއްވާފައެވެ.

މީގެ ކުރިން މާލޭގައި ވެސް މިފަދަ މައްސަލައެއްގައި މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެފަހަރު އޭނާ ހައްޔަރުކޮށްފައިވަނީ، ހުކުރި މިސްކިތަށާއި، އިސްލާމީ މަރުކަޒަށް އަދި ޖުމްހޫރީ މައިދާނަށް ކުޑަކަމު ގޮސްފައެވެ. އެމައްސަލައިގައި ޖަލަށްލީ މ. ޝޭޑީހޯމް، ހަސަން ޒިޔާދުގެ މައްޗަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *