އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި ދެމީހުން ދޫކޮށްލައިފި

އިދިކޮޅު ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލުވަން ގޮވާލާ މާލޭގައި އިއްޔެ ކުރިއަށް ދިޔަ ސައިކަލު ބުރު ހުއްޓުވާ ހައްޔަރު ކުރި ދެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތައް މިހާރު ކުރިއަށްވުރެ ބޮޑަށް ފުޅާ ކޮށްފައިމިވަނީ، ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީން މިނިވަންވެ ވަޑައިގެންނެވި ފަހުންނެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައި އިދިކޮޅުން ހިނަގަމުންދާ ހަރަކާތްތައް އަތޮޅުތެރޭގެ ރަށްތަކުގައި އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތްވެސް ފައްޓަވާފައެވެ.

އިންޑިއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ގެންދާއިރު ސަރުކާރަށް ނިސްބަތްވެވަޑައިގަންންވާ ފަރާތްތަކުން ގެންދަނީ އިންޑިއާ ދިފާއުކޮށް ވާހަކަ ދައްކަވަމުންނެވެ. އެ ބޭފުޅުން ވިދާޅުވަމުން ގެންދަވާ ގޮތުގައި އިންޑިއާ ދެކޮޅަށް ހިންގާ ހަރާކާތުގެ ސަބަބުން ހުރިހާ ގެއްލުމެއް ވާނީ ދިވެހިރާއްޖެއަށެވެ.

އެގޮތުން ކުރީގެ ރައީސް އާއި މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން ގެންދަވަނީ އިންޑިއާ އައުޓް ނަމުގައި އިދިކޮޅުން ގެންދާ ހަރަކާތްތަކަށް ފާޑުވިދާޅުވަމުންނެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *