ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީގައި

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީގައި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީގެ ފަސްވަނަ ދުވަހުގައި ބާއްވަން ނިންމައިފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ, ‏ކޮމަންޑޫ ދާއިރާގެ މަޖިލިސް ގޮނޑި ހުސްވެއްޖެކަމަށް ‎ރައްޔިތުންގެ މަޖިލީހުން އެންގުމާއި ގުޅިގެން, އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ ގޮތުން އީސީން ނިންމީ އަންނަ ފެބްރުއަރީގެ ފަސްވަނަ ދުވަހުގައި ބާއްވާ ގޮތަށްކަމަށް ޙަބީބް ވިދާޅުވިއެވެ

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައި މިވަނީ އެ ދާއިރާގެ މެންބަރު ޙުސައިން ވަޙީދު އަވަހާރަވުމާއި ގުޅިގެންނެވެ. ކެންސަރުގެ އާލާސްކަންފުޅެއްގައި ގިނަ ދުވަސްތަކެއް ވަންދެން ފަރުވާ ހޯއްދަވަމުން ގެންދެވި މެންބަރު ޙުސައިން ވަޙީދު އަވަހާރަވީ މި މަހުގެ 13 ވަނަ ދުވަހުގެރޭ ދަންވަރު 1:30 ހާއިރުގައި އޭޑީކޭ ހޮސްޕިޓަލުގައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *