މާލޭގެ މަގެއްގެ މަތީގައި ޕާކުކޮށްފައި ހުރި ސައިކަލެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސައިކަލުގައި މީހަކު އައިސް މަގުމަތީގައި މަޑުކޮށްލުމަށްފަހު އެތަނުންދާ މަންޒަރު ފެނެއެވެ.
ފުލުހުން ބުނީ، އާންމު ކޮށްފައިވާ ވީޑިއޯއިން ފެންނަ މީހާއަކީ 2021 ޑިސެމްބަރު 3 ވަނަ ދުވަހުގެ ވަގުތެއްގައި ސައިކަލެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުންނަށް މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.
ވީމާ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެއެވެ.

