ބ.ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިމިފައިވާ ކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ, ފެހެންދޫ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ނިންމައިލީ ނޮވެމްބަރު 20 ވަނަ ދުވަހު ކަމަށެވެ.
45.1 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ދަށުން ބަނދަރާއި, ނެރު ފުންކުރުމުގެ މަސައްކަތް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން 130 މީޓަރު ބޭރުތޮށިލުމާއި, 214 މީޓަރު އެއްގަމު ތޮށިލުމާއި, 317 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި, ބަނދަރު ސަރަޙައްދުގައި 908 އަކަމީޓަރު ޕޭވްމެންޓް ހެދުމާއި, ރޭމްޕެއް ހެދުމުގެ މަސައްކަތް ވެސް ވަނީ ނިންމައިފައެވެ.

