ބަންގްލަދޭޝްއިން ރާއްޖެއަށް ދޭން ނިންމީ 200 މިލިއަން ޑޮލަރުގެ ލޯނެއް

ބަންގްލަދޭޝްއިން ރާއްޖެއަށް ދޭން ނިންމީ 200 މިލިއަން ޑޮލަރުގެ ލޯނެއް

ބަންގްލަދޭޝްގެ ސެންޓްރަލް ބޭންކުން ރާއްޖެއަށް 200 މިލިއަން ޑޮލަރު (3.08 ބިލިއަން ރުފިޔާ) ގެ ލޯނެއް ދޭން ނިންމައިފިއެވެ

އެ ގައުމުގެ ވިޔަފާރި ނޫހެއްގައި ބުނެފައިވަނީ ރާއްޖެއަށް ލޯނު ދޭން ނިންމީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީ އާއި ބަންގްލަދޭޝްގެ ބޭންކުގެ އިސްވެރިން ގުޅިގެން ބޭއްވި ބައްދަލުވުމަކަށް ފަހުށާއި މި ލޯނު އެއްބަސްވުން އަދި ފައިނަލް ނުވި ނަމަވެސް ލޯނު ދޭނެކަން އެ ބޭންކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް ރާއްޖެއަށް ދޭ ލޯނުގެ އެއްބަސްވުން އަދި ފައިނަލް ނުވާތީ އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި ދައްކަން ޖެހޭ މުއްދަތު އަދި ހާމައެއް ނުކުރެއެވެ.

އެ ޤައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ފަަޒްލީ ކަބީރު ބަނގުލަދޭޝް އިންސްޓިޓިއުޓް އޮފް ޑިވެލޮޕްމަންޓް ސްޓަޑީޒް (ބީއައިޑީއެސް) އިން މަޝްވަރާ ކުރަމުން އަންނަ ބައެއް ކަންތައްތައް ހާމަކޮށް މި މަހު ކުރީކޮޅު ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިގޮތުގައި ރާއްޖެއިން ލޯނު އެެހީއަށް އެދިފައިވާތީ އެެކަމާ ގުޅޭގޮތުންވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ފަޒްލީ ވިދާޅުވީ ރާއްޖެއިން އެދިފައިވަނީ ދިގު މުއްދަތުގެ ލޯނެއް ހޯދުމަށްކަމަށާއި މި ވަގުތުގެ ވިސްނުން ހުރީ އެ ލޯނު ދޭ ގޮތަށްކަމަށެވެ.

މިދިޔަ އޯގަސްޓު މަހުގެ ތެރޭ އެ ޤައުމުން ވަނީ ލަންކާއަށް 250 މިލިއަން ޔޫއެސް ޑޮލަރުގެ ލޯނެއް ދީފައެެވެ. އެހެންކަމުން މިއީ އެ ޤައުމުގެ ހާލަތު ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި ޤައުމަކަށް ލޯނު ދޭނެ ދެވަނަ ފަހަރެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *