ރައީސް ޔާމީން މިނިވަންވެވަޑައިގަތުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ބޭއްވި ބޮޑު ޖަލްސާ

ރައީސް ޔާމީން ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ޖަލްސާ "ކޮތަރު ކޮށި" ހުކުރު ދުވަހުގެރޭ

ރައީސް ޔާމީން ހުޅުމާލޭ ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވާ ޖަލްސާ "ކޮތަރު ކޮށި" ހުކުރު ދުވަހުގެރޭ

"ކޮތަރުކޮށި" ނަމުގައި ކުރީގެ ރައީސް ޔާމީނާއިއެކު ބާއްވާ ބޮޑު ޖަލްސާއެއް ހުކުރު ދުވަހުގެރޭ ހިޔާ ފްލެޓް ސަރަހައްދުގައި ބޭއްވުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.

މިއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް އިއްވި ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމަށްފަހު ބާއްވަ މިފަދަ ދެވަނަ ބޮޑު ޖަލްސާއެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޖަލްސާ އިންތިޒާމު ކުރައްވާ ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މިޖަލްސާ އޮންނާނީ ހިޔާ ފްލެޓްތަކުގެ މެދުގައި އޮންނަ ހުސް ބިމުގައިކަމަށެވެ.

މިޖަލްސާގައި ހުޅުމާލޭގެ އެންމެހައި ރައްޔިތުންނަށާއި، މާލެސަރަހައްދުގެ އެންމެހާ ރައްޔިތުން ބައިވެރިވުމަށް ޝުޖާ ވަނީ ދަންނަވާފައެވެ. މިޖަލްސާގައިވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށާއި، އިންޑިއާ މިލިޓަރީ ސިފައިން ބޭލުމަށް ސޮއިކުރަމުންދާ ޕެޓިޝަންގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

މި ޕްރެސްގައި ވާހަކަ ދައްކަމުން މިހަރަކާތުގެ އިންޒާމު ކޮމެޓީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މިއީ ރައީސް ޔާމީންވެސް ބައިވެރިވަ ޖަލްސާއަކަށްވުމުން ގިނަ ބަޔަކު ޖަލްސާގައި ބައިވެރިވާނެކަމަށެވެ. އެހެން ކަމުން ޖަލްސާގައި ބައިވެރިވާން ބޭނުންވާ ބޭފުޅުން ކުރީބައިގައި ޖަލްސާއަށް ވަޑައިގެން ދެއްވުމަށް ވަނީ ދަންނަވާފައެވެ.

އެންމެފަހުން އިދިކޮޅުން ރައީސް ޔާމީނާއިއެކު ބޭއްވި ބޮޑު ޖަލްސާ ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *