އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިންޑިއާ ސިފައިން ބޭލުމުގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް – ޔާމިން

އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އިންޑިއާ ސިފައިން ބޭލުމުގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް – ޔާމިން

އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ހިންގަމުންދާ ހަރަކާތްތައް ވަރުގަދަކޮށް އަތޮޅުތެރޭގައި އެމަސައްކަތް ފުޅާ ކުރުމަށް ކަމަށް އިދިކޮޅު ލީޑަރު އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ބުނެފިއެވެ.

މިވަގުތު މާލޭގައި ތިއްބެވި ޕީޕީއެމްގެ ކައުންސިލަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންނާއި، ބައެއް ރަށްރަށުގެ އިސް ބޭފުޅުންނާއި ރައީސް ޔާމީން މިރޭ ޕީޕީއެމް އޮފީހުގައި ވަނީ ބައްދަލު ކުރައްވާފައެވެ. މިބައްދަލުވުމުގައި ޝުއޫރު ފާޅު ކުރައްވަން ބޭނުންފުޅުވި ފަރާތްތަކަށް ވަނީ އެފުރުސަތުވެސް ދެއްވާފައެވެ.

މިބައްދަލުވުމުގައި ރައީސް ޔާމީންވަނީ ރަށްރަށުގައި ޕާޓީގެ ހަރަކާތްތައް އިތުރަށްވަރުގަދަ ކުރުމާގުޅޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން އިންޑިޔާ މިލިޓަރީ ސިފައިން ބޭލުމަށް ހިންގާ ހަރަކާތްތައް އަތޮޅުތަކުގައި ފުޅާ ކުރުމަކީ އެންމެ އިސްކަންދެއްވާ ކަންތައް ކަމުގައި ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ

ރައީސް ޔާމީން ވިދާޅުވީ އިންޑިއާގެ ރައްޔިތުންނާއި ދިވެހި ރައްޔިތުންނާއި އޮތީ ގާތް ގުޅުމެއްކަމަށާއި، ނަމަވެސް ދިވެހި ރައްޔިތުންގެ ކަންބޮޑުވުމަކީ ރާއްޖޭގެ ސަރުކާރުން އަޑި ނޭގޭ ގޮތަށް އިންޑިއާއާއިއެކު ހަދަމުންދާ އެއްބަސްވުންތައް ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. މިއަދު ދިވެހި ރައްޔިތުން މިކަމާއި ދެކޮޅު ހެއްދެވުމުން، މިކަމާއި ދެކޮޅަށް ނިކުންނަި ބޮޓުންކަމަށް ވިދާޅުވެ މަލާމާތް ކުރުމަކީ މިކަން ހުއްޓުވޭނެ ކަމެއް ނޫންކަމަށާއި، ރާއްޖޭގައި ތިބި އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ފައިބަންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *