ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދުސަމާލު ނެރެފިއެވެ.
ދިވެހިރާއްޖޭގެ މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ، ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 8:15 އިން ފެށިގެން 14:00 އަށް ދެކުނުގެ އަތޮޅުތަކަށް ވަނީ ހުދުސަމާލު ނެރެފައެވެ.

