ސްރީލަންކަން އެއަރލައިންގެ ދަތުރުތައް އައްޑޫއަށް ފަށައިފި

ސްރީލަންކަން އެއަރލައިންގެ ދަތުރުތައް އައްޑޫއަށް ފަށައިފި

ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫ ސިޓީގެ ގަމަށް އަލުން ފަށައިފިއެވެ.

ސްރީލަންކަން އެއާލައިންސް އިން ލަންކާގެ ކޮލަމްބޯއާއި ގަމާއި ދެމެދުގައި ކުރަމުން އައި ދަތުރުތައް ހުއްޓާލާފައިވަނީ ކޯވިޑް-19ގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އަޅަމުންދިޔަ ފިޔަވަޅުތަކާ އެކުގައެވެ.

އޭގެ ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ވިދާޅުވެފައިވަނީ ސްރީލަންކަންގެ ދަތުރުތައް ނޮވެމްބަރު މަހުގެ ތެރޭގައި ފަށާނެ ކަމަށެވެ. އެހެން ނަމަވެސް ފްލައިޓް ދަތުރުތައް އޭރު ނުފެށިފައިވަނީ ދިމާވި ބައެއް ކަހަލަ މައްސަލަތަކާއި ގުޅިގެންނެވެ

މީގެ ކުރިންވެސް ސްރީލަންކަން އެއަރލައިންސް އިން ގަމަށް ޝެޑިއުލް ދަތުރުތައް ކޮށްފައިވެއެވެ. އޭރު ހަފްތާއަކު 3 ދަތުރު ކުރި ނަމަވެސް މިފަހަރުގެ ޝެޑިއުލް ހަމަޖެހިފައިވަނީ ހަފްތާއަކު އެއް ދަތުރު ބާއްވާ ގޮތަށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *