ކޮވިޑް ބަލީގައި ފަރުވާހޯދަމުންދިޔަ އުމުރުން ދުވަސްވީ ދިވެހި ފިރިހެނަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ، ކޮވިޑްގައި މިއަދު ހެނދުނު ނިޔާވެފައި ވަނީ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެ މީހާ ނިޔާޥެފައި ވަނީ ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށެވެ. މިއާއެކު މިހާރު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 252 އަށް އަރާފައެވެ.
މިއީ މި މަހު ކޮވިޑް ބަލީގައި ނިޔާވި ދެ ވަނަ މީހާއެވެ.

