ރައީސް ޔާމީނަށް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް- އާޒިމް

ރައީސް ޔާމީނަށް އަޅުގަނޑުގެ ޝައުގުވެރިކަމެއް ނެތް- އާޒިމް

ރައީސް ޔާމީންއަށް އެއްވެސް ވަރެއްގެ ޝައުގުވެރިކަމެއް ނެތް ކަމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވީ، ރޭގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް މީހުން ދިޔަ ނުދޭން އެމްޓީސީސީގެ ބަސް ދަތުރުތައް ހުއްޓާލައިގެން އުޅޭ ކަމަށް ބުނެ، އިދިކޮޅު ސަޕޯޓަރަކު ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުންނެވެ.

އާޒިމް މިއަދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ، އަނިޔާވެރި (ރައީސް ޔާމީން) އަށް އޭނާގެ ޝައުގުވެރިކަމެއް ނެތް ކަމަށާއި، އެމްޓީސީސީގެ ހުރިހާ ޝެޑިއުލް ދަތުރުތަކެއް ހުއްޓުމެއް ނެތި ރޭޔގަވެސް ކުރިއަށް ދިޔަ ކަމަށެވެ. އާޒިމްގެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ ހުރިހާ ރައްޔިތުންގެ ރައީސް ކަމަށާއި، އެމްޓީސީސީއަށް ރައީސް ނަސޭހަތްތެރިވެފައިވަނީ ހުރިހާ ރައްޔިތުންނަށް އޯގާތެރިކޮށް ހިދުމަތް ދޭން ކަމަށެވެ.

އާޒިމް މިހެން ވިދާޅުވެފައިވާއިރު، އިދިކޮޅު ކޯލިޝަނުން ވަނީ، އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން މިނިވަންވުމާ ގުޅިގެން ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބާއްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *