ސޯލާ ޕަވާ ޕްލާންޓްތައް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ސޯލާ ޕަވާ ޕްލާންޓްތައް އެޅުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ސޯލާ ޑީސަލްގެ ހައިބްރިޑް ނިޒާމެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ޗައިނާގެ އިއާދަކުރަނިވި ހަކަތަ އުފައްދާ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ.

ޗައިނާގެ ސައިނޯ ސޯރު ހައިބްރިޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑު ކުންފުނިން އެ ބިޑް ކާމިޔާބުކޮށްފައިވަނީ އޮގަސްޓު މަހުއެވެ. އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ހޯމަ ދުވަހުއެވެ. ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ

އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކު (އޭޑީބީ) ގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަކީ ތ.އަތޮޅުގެ 12 ރަށެއްގައި ގްރިޑް ބެހެއްޓުމާއި ސޯލާ ޕީވީ-ޑީސަލް ހައިބްރިޑް ޕަވާ ޕްރޮޖެކްޓެއް ޑިޒައިންކުރުން ސަޕްލައިކޮށް އަދި އިންސްޓޯލްކޮށް، މެއިންޓެނެންސް ކުރުމުގެ މަޝްރޫއެކެވެ.

މި މަޝްރޫއުގައި ޖުމްލަ 2.5 މެގަވޮޓްގެ ސޯލާ ޕީވީ، 975 ކިލޯވޮޓްގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމް އަދި މިނޫންވެސް ކަމާގުޅޭ މަސައްކަތްތައް ކުރާނެ ކަމަށާއި އެއާއެކު ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ މިންވަރު 2900 ޓަނުން މަދުކޮށް، އަހަރަކު ގާތްގަނޑަކަށް 12 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވެިއެވެ.

ސީނޯ ސޯ ޕްރޮޖެކްޓަކީ އޭޑީބީގެ އެހީގައި ރާއްޖޭގައި، މިހާރު ހުރި ކަރަންޓް ވިއުގަތައް ހައިބްރިޑް އިއާދަކުރަނިވި ހަކަތައިގެ ނިޒާމަކަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *