ޤާނޫނަށް ބަދަލު ގެނެސް ރައީސް ވަޙީދުގެ ޢިނާޔަތްތައް ކަނޑާލަން ފެނޭތޯ؟ – ބޮންޑެ

ޤާނޫނަށް ބަދަލު ގެނެސް ރައީސް ވަޙީދުގެ ޢިނާޔަތްތައް ކަނޑާލަން ފެނޭތޯ؟ – ބޮންޑެ

ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް ކަނޑާލަން ފެނޭތޯ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ސުވާލު ކުރައްވައިފިއެވެ.

ބޮންޑެ މިފަދައިން ސުވާލުކުރައްވާފައިމިވަނީ، މިސަރުކާރު ފެންނަނީ ފަހަތު ފަޔަށް ބުރަވެ އެއްވެސްކަމެއް ކޮށްނުދެވޭތަންކަމަށް ކަމަށް ވިދާޅުވެ، ސަރުކާރު ހިންގުމާއި އިދިކޮޅު ޕީޕީއެމް ޕީއެންސީން ހަވާލުވާން ވެއްޖެކަމަށް ޑރވަޙީދޫ ރޭ ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ވަޙީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ބޮންޑެ ވަނީ ބަގާވާތަކުން ވެރިކަމުގެ މާގަމަށް އަންނަ މީހަކަށް ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ރައީސުލް ޖުމްހުރިއްޔާ އަކަށް ލިބިދޭ އިނާޔަތްތައް ހައްގުވާނެތޯ ސުވާލުކުރައްވާފައެވެ. އަދި ގާނޫނަށް ބަދަލުގެނެސް އިނާޔަތްތައް ކަނޑާލަން ފެނޭތޯވެސް ބޮންޑެ ސުވާލުކުރެއްވިއެވެ.

މިސަރުކާރުގެ ބަލާލި ކޮންމެ ދިމާލަލުން ފެންނަނީ ކަންނެތްކަމާއި ވަރިހަމަކަންކަމަށާއި، އެއްވެސް ކަމަކާ ސަރުކާރުން އަޅާނުލާކަމަށްވެސް ޑރ. ވަހީދު ވިދާޅުވިއެވެ. ޤައުމުގެ ހާލަތު މިހާ ދަށް ދިޔަ ދުވަހެއް ދުވަހަކުވެސް ފެނިވަޑައި ނުގަންނަވާކަން ފާހަގަކުރައްވާ ޑރ.ވަޙީދު ވިދާޅުވީ ވެރިކަމާ ހަވާލުވާންވާނީ ވެރިކަން ކުރެވޭނެ ޤައުމުގެ ތަސްވުރެއް އޮވެގެންކަމަށެވެ. ކުރިއަށް އޮތް 20 ނުވަތަ 30 އަހަރު ފަހުން ރާއްޖޭ އޮންނާނެ ގޮތުގެ ތަސްވުރެއް ނެތި ވެރިކަމެއް ނުކުރެވޭނެކަމަށާއި، ނަމަވެސް މިއަދު އަދި މިހާތަނަށް ފާއިތުވި މުއްދަތުގައި ރާއްޖޭގެ މުސަތަގުބަލާމެދު ރައްޔިތުންނާމެދު ހުވަފެނެއް ދައްކާ އެއްވެސް މީހަކު ނުފެންކަމަށްވެސް ޑރ.ވަހީދު ވިދާޅުވިއެވެ. ނަމަވެސް އްޔިތުންގެ ޓެކްސް ފައިސާ ނަގައިގެން އެކި އެކި ވެރިންއެބަތިބިކަމަށްވެސް ވިދާޅުވިއެވެ.

ޑރ.ވަޙީދުގެ ވާހަކަފުޅުގައި ޤައުމުގެ ލީޑަރުން ޤައުމާމެދު ސާފު ތަސައްވުރެ އޮންނަވާނެކަމަށާއި، އެކަން ރައީސް ޔާމީންގެ ޔާމީންގެ 5 އަހަރު އެ މަންޒަރު ފެނުނުކަމަށެވެ. ޑރ.ވަހީދު ވިދާޅުވީ ރަށްތަކާއި ސިޓީތައް އޮންނަންވާނެ ގޮތުގެ މަންޒަރެއް ނުފެންނަކަމަށާއި، މަސްވެރިންގެ ސުވާލަކީ މަސްވެރިކަމަން ކުރިއެރުވުމަށް ކުރާ މަސައްކަތް ނިމި ސިއްކަ ޖެހުނީތޯ ނުވަތަ ދެން. ދާންވީ ހަރުފަތަކީ ކޮބައިކަންކަމަށެވެ. އަދި 6 މަހުޖަނުން ރިސޯޓްތަކުގެ ވެރިކަންކުރީމައި ނިމުނީތޯވެސް ސުވާލުކުރެއްވިއެވެ.

އެހެންކަމުން ޕީޕީއެމް ޕީއެންސީން ވެރިކަމާ ހަވާކުވާންޖެހޭކަމަށް ޑރ.ވަހީދު ވިދާޅުވިއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *