އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ 12 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ދިދަ ނެގުން އަދި ކޭކު ފެޅުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒް، ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފެވެ. މި ރަސްމިއްޔާތުގައި ޅ. މާފިލާފުށީގައި މަސައްކަތްކުރާ އޮފިސަރުންގެ އިތުރުން ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.

މީގެ އިތުރުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ 12 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ނިސްބަތްވާ ސިފައިންވަނީ މިއަދުގެ (03 ޑިސެމްބަރު 2021) ފަތިސް ނަމާދު ޖަމާއަތުގައި ކޮށްފައެވެ. ހަމައެއާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ޕޯސްޓްތައް ކަމަށްވާ ކުޅުދުއްފުށި ޕޯސްޓާއި ހަނިމާދޫ ޕޯސްޓްގައި ވެސް ވަނީ ދިދަ ނެގުން އަދި ކޭކު ފެޅުމުގެ ރަސްމިއްޔާތު ބާއްވާފައެވެ.

"އެމްއެންޑީއެފް ނޮދަން އޭރިއާ" ރަސްމީކޮށް އިފްތިތާހު ކުރެވުނީ 3 ޑިސެމްބަރު 2009 ގައެވެ. އޭގެ ކުރިން ނޮދަން އޭރިއާ ގާއިމް ކުރެވިފައި އޮތީ ރީޖަނަލް ހެޑްކުއޯޓަރޒްއެއްގެ ގޮތުގައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *