ކުޅުދުއްފުށި ގަރާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި

ކުޅުދުއްފުށި ގަރާޖެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި

ހދ. ކުޅުދުއްފުށީގައި ހުންނަ "މެސްކޮޓް ގަރާޖް" ގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ބުނީ، މެސްކޮޓް ގަރާޖްގައި ރޯވެގެން އުޅޭ ކަމުގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންއަށް ލިބިފައިވަނީ ރޭ 02:48 ހާއިރުކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ.

އެގޮތުން ފަޔަރަފައިޓަރުން އެސަރަހައްދަށް ގޮސް ކުރި މަސައްކަތުން ރޭ 03:45 ހާއިރު ވަނީ އަލިފާން ނިއްވާލާފައިވާ ކަމަށާއި، ނަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ދުން އަރާތީ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ މިއަދު ހެނދުނު 06:30 ހާއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވިއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *