ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ 2 ވަނަ ވަގުތީ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެމިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވެސް ޕްރައިވެޓް ލިމިޓެޑްއާއެެވެ. މިއަދު އެމިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމަސައްކަތް ހަވާލުކޮށް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ.

ޖުމްލަ 600 މީހުންގެ ޖާގައިގެ މިސްކިތަކީ 3.1 މިލިއަން ރުފިޔާގެ މަޝްރޫއުއެކެެވެ. މިމަސައްކަތް ނިންމާ ހަވާލުކުރަން ޖެހެނީ 35 ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.

މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ދެވަނަ ވަގުތީ މިސްކިތެވެ. މިހާރު އެ ސަރަހައްދުގައި ހުރި ވަގުތީ މިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ “މަސްޖިދް އަމީލް ޖަލީލު” ކިޔާ މިސްކިތެއް މިހާރު ބޭނުންކުރެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *