ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށައިފި

ބޭންކް އޮފް މޯލްޑިވްސް އިން އަތޮޅުތެރޭގައި ކުރަމުންދާ އިންެވެސްޓްމަންޓް އިތުރަށް ފުޅާކުރުމުގެ ގޮތުން ދެއްވަދޫގައި ސެލްފް ސާވިސް އޭޓީއެމްގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި ހިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ

ދެއްވަދޫއާއެކު އެ އަތޮޅުގެ އަށް ރަށެއްގައި މިހާރު ސެލްފް ސާވިސް އޭޓީއެމް ސެންޓަރުތައް ގާއިމްވެފައި ވެއެވެ. އޭގެ ތެރޭގައި ކޮލަމާފުއްޓާއި ދާންދޫ އާއި މާމެންދޫ އާއި ނިލަންދޫ އާއި ގެމަނަފުއްޓާއި ކޫއްޑޫ އަދި ވިލިނގިލި ހިމެނެއެވެ.

ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތް ފުޅާ ކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރެއިން ދެއްވަދޫގައި އޭޓީއެމްގެ ހިދުމަތް ދޭން ފެށުމަކީ އުފަލެއް ކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު ބީއެމްއެލްއިން 20 އަތޮޅުގައި 35 ބްރާންޗް، 75 ސެލްފްސާވިސް ބޭންކިން ސެންޓަރު އަދި 136 އޭޓީއެމް ހުންނަ އިރު 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ ހިދުމަތް ލިބެއެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *