ސެކިއުރިޓީއާއިމެދު ސުވާލު އުފައްދާ މީހުންނާއި، ބޮމުގެ ހަމަލާއާއި ގުޅުމެއްވޭތޯ ބަލަންޖެހޭ: ވައްޑެ

ސެކިއުރިޓީއާއިމެދު ސުވާލު އުފައްދާ މީހުންނާއި، ބޮމުގެ ހަމަލާއާއި ގުޅުމެއްވޭތޯ ބަލަންޖެހޭ: ވައްޑެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރެރިސްޓް ހަމަލާއަށްފަހު އެމަނިކުފާނަށް ދެމުންދާ ސެކިރިޓީ ވަރުގަދަ ކުރުމުން އެކަމާއި ސުވާލު އުފައްދުމަކީ ކަންބޮޑުވުން އޮތް ކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވަން ދައުލަތުން ހަމަޖައްސަވާ ވަގުތީ ގެކޮޅު "މުރައިދޫގެ" ސަރަހައްދުގައި ރަތް ރޮނގުދަމައި ރެޑް ޒޯނެއްކަމަށް އެ ސަރަަހައްދުގައި ވަނީ ކަނޑައަޅައިފައެވެ.
މިކަމާއި ގުޅިގެން އާންމުންގެ އިތުރުން ބައެއް ސިޔާސީ އަދި ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންވެސް ހިމެނެއެވެ. ޚާއްސަކޮށް ދީނީ ބައެއް އިލްމުވެރިންވެސް ދަނީ ނަޝީދަށް މިހާ މަތީ ސެކިއުރިޓީއާއިއެކު އާންމު ރައްޔިތުންގެ ފައިސާއިން ބޮޑު އިންސައްތައެއް ޚަރަދު ކުރަމުންދާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

މިކަމާއި ގުޅިގެން ވަހީދު ވިދާޅުވީ ރައީސް ނަޝީދު މަރާލަން ދިން ހަމަލާއިން ކުރިޔާ ސަލާމަތްވުމަށްފަހު އެމަނިކުފާނުގެ ސެކިއުރިޓީ ވަރުގަދަ ކުރުމުން، އެކަމާއި ހިތްހަމަ ނުޖެހި ކަންބޮޑުވާ މީހުންނާއި، ހަމަލާއާއި ގުޅުމެއް އޮތްތޯ ބަލަންޖެހޭކަމަށެވެ.
މުރައިދޫގެ ހުންނަ ސަރަހައްދު ރެޑް ޒޯންކަމަށް ކަނޑައަޅާފައިވާއިރު މިއީ ފަހުގެ ތާރީޚެއްގައި ރެޑް ޒޯން ކަނޑައެޅި ފުރަތަމަ ފަހަރެވެ.

ނަޝީދު ދިރިއުޅުއްވާ ގެކޮޅު ކައިރީގައި ރަތް ރޮނގު ދަމާފައިހުރުމުން އެސަރަހައްދުގައި މަޑުކޮށްގެން ހުރުމަކީވެސް މަނާކަމެކެވެ. ރައީސް ނަޝީދަށް ދައުލަތުން ބޮޑު ޚަރަދެއް ކުރާތީ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
އެގޮތުން މިއަހަރުގެ މެއި މަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށްފަހު ރާއްޖޭގައި ބޭރުގައި ކުރެއްވި ބޭސްފަރުވާއަށް 1.6 މިލިޔަން ރުފިޔާ ދައުލަތުން ޚަރަދުކޮށްކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *