ހަތިމަށް ކުޅުޖެހި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހަތިމަށް ކުޅުޖެހި މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ހަތިމަށް ކުޅުޖަހައިގެން ހައްޔަރުކުރި ހަސަން ޒިޔާދުގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

މީގެ ކުރިން ވެސް އޭނާވަނީ ރައީސް އޮފީސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ކުޑަކަމުދިޔަ މައްސަލައިގައިވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް ފަހުން އެ މައްސަލައިގައި އޭނާ ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްފައެވެ.

ނަމަވެސް އޭނާ ދޫކޮށްލިތާ މާގިނަ ދުވަސްތަކެއް ނުވަނީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި އޭނާ ފުލުހުންނާއި ހަވާލުކޮށްފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ދިއުމުން އެންމެ ފުރަތަމަ ޖަހާފައިވަނީ 10 ދުވަހެވެ. އަދި އިއްޔެ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އެކޯޓުން ވަނީ އަމުރުކޮށްފައެވެ.

ހަސަން ޒިޔާދު ވަނީ ކުށް ތަކުރާރު ނުކުރާނެ ކަމަށް ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައި ބުނެފައެވެ. ނަމަވެސް މީގެ ކުރިން ވެސް އޭނާ އެފަދަ ކުށްތައް ތަކުރާރުކޮށްފައި ވާތީ ކޯޓުން ނިންމީ އޭނާގެ ބަންދުގެ މުއްދަތު ދަމަހައްޓާށެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *