94 މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

94 މިލިއަން ރުފިޔާގެ މަސްތުވާ ތަކެއްޗާއިއެކު މީހަކު ހައްޔަރުކޮށްފި

ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ގިނަ އަދަދެއްގެ މަސްތުވާރަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މިމަހުގެ 2 ވަނަ ދުވަހު ރާއްޖެ އައި އުމުރުން 28 އަހަރުގެ ބްރެޒިލް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާމެދު ޝައްކުކުރެވިގެން، އޭނާގެ ލަގެޖް ކަސްޓަމްސް އިން ބަލައި ފާސްކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައިވާކަމަށެވެ.

ފުރަތަމަ މަރުޙަލާގައި މިތަކެތި ކަސްޓަމްސް އިން ޓެސްޓްކުރި އިރު މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިންއަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 18.857 ކިލޯގުރާމް ހުރިކަމަށެވެ.

މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 94،000،000.00 (ނުވަދިހަ ހަތަރު މިލިއަން) ރުފިޔާއަށް އަރާކަމަށާއި، އަދި މިމައްސަލައިގައި ޝާމިލްވާ މިހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކުރެވިފައިކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *