މިހާރު ކުރަމުންދަނީ ވިލިނގިލީގައި ގާއިމުކުރަ ސޯލަރ ހަކަތައިގެ ނިޒާމުގެ ބީލަމުގެ މަސައްކަތް – މިނިސްޓްރީ

މިހާރު ކުރަމުންދަނީ ވިލިނގިލީގައި ގާއިމުކުރަ ސޯލަރ ހަކަތައިގެ ނިޒާމުގެ ބީލަމުގެ މަސައްކަތް – މިނިސްޓްރީ

އެރައިސް މަޝްރޫއުގެ ދަށުން ގއ ވިލިނގިލީގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމުގެ ބީލަމުގެ މަރުހަލާގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އެންވަޔަރމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ބުނެފިއެވެ.

ވިލިނގިލީގައި ގާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމަކީ އެރައިސް މަޝްރޫއުގެ ދަށުން ހިންގަމުންދާ މަޝްރޫއުއެކެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 1.5 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމު ޤާއިމުކުރުމާއި ވިލިނގިލީ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ އިތުރުން 1.5 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުން ހިމެނެއެވެ.

މިމަޝްރޫއުގެ މަސައްކަތް ނިމުމުން އަހަރަކަށް، 2020 ވަނަ އަހަރުގެ ޕީކް ޑިމާންޑްއާ އަޅާބަލާއިރު 153 އިންސައްތަ އެރަށުގެ ޕީކްލޯޑް ސޯލަރ ހަކަތައިން ދެވޭނެ އެވެ. އަދި އަހަރަކަށް 2.4 މިލިއަން ޔުނިޓް ކަރަންޓު، ސޯލަރ ހަކަތައިން އުފެއްދޭނެ ކަމަށާއި، ހަ ލައްކަ ލީޓަރު ތެޔޮ ބޭނުން ކުރާ އަދަދު މަދުކުރެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.

އަދި 5.3 މިލިއަން ރުފިޔާ ތެލަށް ކުރާ ޚަރަދު ކުޑަކުރެވިގެންދާއިރު، 1732 މެޓްރިކް ޓަނުގެ ޖައްވަށް ދޫކުރާ ވިހަ ގޭހުގެ އަދަދު ދަށްކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިން ބުނެފައިވެއެވެ. އަދި ކާބަންގެ އަދަދު ގަހަކުން އެވްރެޖް ގޮތެއްގައި ދަށް ކުރެވޭ އަދަދަށް މިމަޝްރޫއުގެ ދަށުން ދަށްކޮށްދޭނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *