ލ. ފޮނަދޫގައި ޤާއިމުކުރާ ސޯލަރ ހަކަތައިގެ ނިޒާމަކީ، މިނިސްޓްރީ އޮފް އެންވަޔަރމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން އެރައިސް މަޝްރޫޢުގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މިމަޝްރޫއުގެ ދަށުން 2 މެގަވޮޓް ސޯލަރ ޕީވީގެ ނިޒާމު ގާއިމު ކުރުމުގެ އިތުރުން އެރަށުގެ ކަރަންޓު ވިއުގަ އަޕްޑޭޓް ކުރުން ހިމެނެއެވެ. އަދި 2 މެގަވޮޓް އަވަރ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ގާއިމް ކުރުންވެސް ހިމެނެއެވެ.
މިމަޝްރޫއުގެ މަސައްކަތް ނިމުމުން އަހަރަކަށް އަންދާޒާ ކުރާގޮތުގައި، 2020 ވަނަ އަހަރުގެ ޕީކް ޑިމާންޑްގެ 145 އިންސައްތަ ރަށުގެ ޕީކް ލޯޑް ސޯލަރ ހަކަތައިން ދެވޭނެއެވެ. އަދި މިލިއަން ޔުނިޓް ކަރަންޓު ސޯލަރ ހަކަތަ ބޭނުން ކޮށްގެން އުފެއްދޭ އިރު 8.8 ލައްކަ ލީޓަރުގެ ތެޔޮ މަދުކުރެވޭނެ ކަމަށް މިނިސްޓްރީއިން ބުނެއެވެ.
މިމަޝްރޫއުގެ ދަށުން 7.1 މިލިއަން ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭއިރު، 2309 މެޓްރިކް ޓަނުގެ ޖަށްވަށް ދޫކުރާ ވިހަގޭސް ދަށްކުރެވޭނެއެވެ.
މިމަސައްކަތުގެ މިހާރު ކުރަމުންދަނީ ބީލަމުގެ މަރުހަލާ ކަމުގައި މިނިސްޓްރީއިން ވަނީ ބުނެފައެވެ.

