މިދިޔައަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ %89 އިތުރުވެފައި

މިދިޔައަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ %89 އިތުރުވެފައި

މިދިޔައަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު ފާއިތުވި އޮކްޓޯބަރ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ އަގު ވަނީ %89 އިތުރުވެފައި ކަމަށް މޯލްޑިވް ކަސްޓަމްސް ސަރވިސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ފާއިތުވި އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހާ އަޅާބަލާއިރު 90 އިންސައްތަ ވަނީ އިތުުރުވެފައެވެ. 2020 ވަނަ އަހަރުގެ އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް 2.0 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކޮށްފައިވާއިރު މިއަހަރުގެ އޮކްޓޯބަރ މަހު މިއަދަދުވަނީ 3.8 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭހެ އިމްޕޯޓަށް އައި ހީނަރުކަމަށްފަހު، 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 3.7 ބިލިއަން ރުފިޔާގެ އިމްޕޯޓާއި އަރާ ހަމަކުރި ފުރަތަމަ ފަހަރެވެ.

ނިމިދިޔަ އޮކްޓޯބަރ މަހު ދިވެހިރާއްޖެއަށް އެންމެ ގިނަ މުދާ އެތެރެކޮށްފައިވަނީ، އޮމާން، އިންޑިއާ، ޔޫ.އޭ.އީ އަދި ޗައިނާއިންނެވެ. އޮމާއިން އިން 512 މިލިއަން ރުފިޔާގެ މުދާ އަދި، އިންޑިއާއިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާއިން 437 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

މިއަހަރުގެ އޮކްޓޯބަރ މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވާ އާމްދަނީ އަކީ 2،718،183.47 ރުފިޔާ ކަމަށްވެސް ކަސްޓަމްސް އިން މިއަދު ނެރުނު ތަފާސް ހިސާބުތަކުން ދައްކައެވެ.

 

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *