ކޮވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 146 މީހުން

ކޮވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 146 މީހުން

ރާއްޖެއިން އިތުރު 146 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުގައި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ރާއްޖެއިން 146 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 87،784 އަށް އަރައިފި އެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 33 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 102 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 11 މީހެކެވެ.

މިވަގުތު ހޮސްޕިޓަލުގައި 30 މީހަކަށް ފަރުވާދެމުންދާއިރު މިހާތަނަށް ރާއްޖޭގައި 85،736 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،792 މީހުންނެވެ. އަދި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ހެދީ 3،214 ކޮވިޑް ޓެސްޓެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 243 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު ވަނީ މާލެ ސަރަހައްދުގެ ކާފިއު އުވާލާ ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *