މާލޭ ހުކުރު މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުކުރު މިސްކިތުގައި މިރޭ ކަރަންޓު ޝޯޓުވުމުގެ ސަބަބުން ކަރަންޓު ނަރުތައް ހަލާކު ވެފައިވާތީ މިރެއިން ފެށިގެން މައްސަލަ ހައްލު ވަންދެން މިސްކިތް ވަގުތީ ގޮތުން ބަންދުކޮށްފައިވާ ކަމަށެވެ.
އެގޮތުން މާދަމާ ހުކުރު ނަމާދު ކުރުން ހުކުރު މިސްކިތުގައި ނޯންނާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

