ރައީސް މާދަމާ ސްކޮޓްލޭންޑަށް ވަޑައިގަންނަވަނީ

ރައީސް މާދަމާ ސްކޮޓްލޭންޑަށް ވަޑައިގަންނަވަނީ

ނޮވެމްބަރ މަހު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް26 ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ އެގައުމަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ރައީސްގެ ދެކަނބަލުން، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްގެންދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު މިއަދު ވަނީ ނިންމަވާލައްވާފައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން މިއަދު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

ރައީސް އޮފީހުން ބުނީ ރައީސް ސޯލިހު ސްކޮޓްލޭންޑަށް ފުރާވަޑައިގަންނަވާނީ މާދަމާ ދުބާއީ އިން ކަމަށެވެ. ސްކޮޓްލޭންޑަށް ރައީސް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ދުބާއީ އަށް ރައީސްގެ ދެކަނބަލުން ކުރެއްވި ދަތުރުފުޅުގައި ރައީސް ވަނީ ދުބާއީ އެކްސްޕޯ 2020 ގައި ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމީ ހަރަކާތުގައި ވާހަކަފުޅުދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

މީގެ އިތުރުން ރައީސްގެ ދެކަނބަލުން ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްގައި ދިރިއުޅޭ ދިވެހިންނާއި ދިވެހި ޑިޕްލޮމޭޓުންނާއި އެބޭފުޅުންގެ ޢާއިލާތަކުގެ ބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *