ހިޔާ ފްލެޓްތަކުގެ މުއާސަލާތީ ގުޅުން ރަނގަޅުކުރުމަށް ދިރާގަށް

ހިޔާ ފްލެޓްތަކުގެ މުއާސަލާތީ ގުޅުން ރަނގަޅުކުރުމަށް ދިރާގަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ މުއާސަލާތީ ގުޅުން ރަނގަޅު ކުރުމަށް ދިރާގާއެކު އެޗްޑީސީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަދި ވަކިން ޚާއްސަކޮށް ހިޔާ ފްލެޓުތައް ހުންނަ ސަރަހައްދުގައި މުއާސަލާތީ ގުޅުން ރަނގަޅުވެގެން ދާނެކަމަށެވެ.

ދަށުން ފޭސް ދޭއްގެ ޕްލޭނާ އެއްގޮތަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ޓަވަރުތަކެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް ތަނުގައި އެ ޓައަވަރުތައް މެދުވެރިކޮށް މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެހެން ކުންފުނިތަކާއެކު އެއްބަސްވުންތަކެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ ޓަވަރުތަކުގެ ބޭނުމަކީ ވަކިވަކިން ގިނަ ޓަވަރުތަކެއް އެކި ކުންފުނިތަކުން ހަރުކުރުމުގެ ބަދަލުގައި ހުޅުމާލޭ ފޭސް ދޭއްގެ ތަރައްގީގެ ޕްލޭނާ އެއްގޮތަށް އެކަށީގެންވާ ވަރަށް ޓަވަރު ހަރުކޮށް، ހުރިހާ ފަރާތްތަކުން ވެސް ބައިވެރިވެގެން ޚިދުމަތް ފޯރުކޮށްދިނުން ކަމަށް ވެސް އެޗްޑީސީއިން ބުނެއެވެ.

މިގޮތަށް ޓަވަރުތައް ހަރުކުރުމުން ބިމުގެ ބޮޑުބައެއް ސަލާމަތް ކުރެވޭނެ ކަމަށް އެޗްޑީސީން ފާހަގަކުރިއެވެ.

ހިޔާ ފްލެޓަށް ބަދަލުވި ފަރާތްތަކުން މިހާރު އަންނަނީ އެސަރަހައްދުގައި މުއާސަލާތީ ގުޅުމުގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަ ކުރަމުންނެވެ. އެޗްޑީސީގެ އަމާޒަކީ މި ފަރާތްތަކަށް އަވަސް ހައްލެއް ހޯދައިދިނުމެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *