އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކު މަރުވެއްޖެ އެވެ.
ރޭ ދަންވަރު 2:30 ހާއިރު ނިޔާވެފައިވަނީ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ފޭދޫގެ އުމުރުން ދުވަސްވީ އަންހެނެކެވެ.
މިއީ މި މަސްތެރޭ އައްޑޫ އިން މި ބަލީގައި ނިޔާވި ފަސްވަނަ ފަރާތެވެ. އަދި މިއީ މި ބަލީގައި ރާއްޖެ އިން ނިޔާވި 243 ވަނަ ފަރާތެވެ.
މި ބަލީގައި އައްޑޫ އިން ވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ވަނީ ދެ ފަރާތެއް ނިޔާވެފައެވެ. އެއީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނަކާއި 74 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ކޮވިޑާއި ގުޅިގެން އައްޑޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަންނަނީ ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް ކާފިއު ވެސް ހިންގަމުންނެވެ.

