ރާއްޖެއިން އިތުރު 115 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 22 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 85 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 08 މީހެކެވެ.
މިވަގުތު ހޮސްޕިޓަލުގައި 20 މީހަކަށް ފަރުވާދެމުންދާއިރު މިހާތަނަށް ރާއްޖޭގައި 85،378 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،553 މީހުންނެވެ. އަދި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ހެދީ 3،541 ކޮވިޑް ޓެސްޓެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 242 މީހުން ވަނީ ނިޔާވެފައެވެ.
ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު ވަނީ މާލެ ސަރަހައްދުގެ ކާފިއު އުވާލާ ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

