ކޮމިޓީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

ކޮމިޓީގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފި

ކޮމިޓީ މަރުހަލާގައި ހުރި ބިލްތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް މަޖިލީހުގެ ރައީސް، އެދިވަޑައިގެންފިއެވެ.

ރިޔާސަތުން އަންގަވާ އެންގެވުމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާ ބިލުތައް މަޖިލީހަށް ފޮނުވި ނަމަވެސް މިހާރު ހުރި ބިލުތަކުގެ މަސައްކަތް ނުނިމޭނަމަ މަޖިލީހުގެ މަސައްކަތްތައް މުޅިން ނިންމަން ދަތިވާނެ ކަަމަށެވެ.

ކޮމިޓީ މަރުހަލާގައި ހުރި ބިލުތަކުގެ ތަފްސީލް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކޮމިޓީގެ މަސައްކަތް އިތުރުކުރުން މުހިއްމު ކަމަށެވެ. މަޖިލީހުގެ ތަޅުމުގައި ކުރަން ހުރި މަސައްކަތް މަދުވި ނަމަވެސް ކޮމިޓީ ވަގުތުގައި މަސައްކަތް އިތުރުކުރުން ބޭނުންތެރިކަމަށް ވިދާޅުވިއެވެ. ކޮމިޓީ މަރުހަލާގައި މުހިއްމު ބިލުތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ހެއްކާ ބެހޭ ބިލާއި އިފްލާސް ކުރުމުގެ ބިލު ފަދަ މުހިއްމު ބިލުތަކުގެ މަސައްކަތް ކުރުމަށް ދުވާލަކު ދެ ފަހަރު ވެސް ކޮމިޓީތައް ބޭއްވުން މުހިއްމު ކަމަށެވެ.

މި ދައުރުގައި ސަރުކާރުން މިހާތަނަށް ހުށަހެޅި ހަތަރު ބިލަކީ ހެއްކާ ބެހޭ ބިލާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތުތަކާބެހޭ ބިލާއި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެބިލެވެ.

މަޖިލީހުގައި މިހާރު ހިނގާ ތިން ވަަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލްތަކުގެ ލިސްޓް އެޓާނީ ޖެނެރަލްގެ އޮފީހުން ފޮނުވީ އޮގަސްޓް 16 ވަނަ ދުވަހުއެވެ. އެއީ ގާނޫނީ އަދި ޝަރުއީ ދާއިރާ އާއި ދީނީ އަދި އިޖުތިމާއީ ދާއިރާއާ ގުޅުން ހުރި ބިލުތަކެއް ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *