ނަދީމް އަކީ ނަމޫނާ ކޮމާންޑަރެއް: އިމްރާން

ނަދީމް އަކީ ނަމޫނާ ކޮމާންޑަރެއް: އިމްރާން

ކުއްލި ގޮތަކަށް ނިޔާވި ފުލުހުންގެ ނޯތު ޑިވިޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާލް ނަދީމް އަކީ ނަމޫނާ ކޮމާންޑަރެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ނަދީމް ނިޔާވީ ބ.އޭދަފުށީގައި އިއްޔެ ފެށި ފުޓްސަލް މުބާރާތެއް ހުޅުވި މެޗުގައި ކުޅެން ހުއްޓާ ކުއްލި ގޮތަކަށް ދަނޑު މައްޗަށް ވެއްޓުމާ ގުޅިގެން ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، ރޭ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދަނިކޮށް ރޭގެ ވަގުތެއްގަ އެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުއްލިގޮތަކަށް ވަކިވެގެން ދިޔަކީ ހަރުދަނާ ލީޑަރެއް ކަމަށާއި އެއީ ޤާބިލް އޮފިސަރެއް އަދި ނަމޫނާ ކޮމާންޑަރެއް ކަމަށެވެ.

"މިއަހަރުގެ ސެޕްޓެމްބަރު މަހު ނ.އަތޮޅަށް ކުރި ދަތުރުގެ ތެރެއިން ވެސް ޗީފް އިންސްޕެކްޓަރ އިސްމާއީލް ނަދީމްގެ މިދެންނެވި ސިފަތައް ފާހަގަުރެވުނު" އިމްރާން ވިދާޅުވި އެވެ.

ނަދީމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.

ނަދީމް ނިޔާވުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ފުލުހުންގެ ހުރިހާ މަރުކަޒެއްގެ ދިދަ ބައިދަނޑިއަށް ތިރިކުރަން އަންގަވާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *