ފޮޓޯ: އައްޑޫ ލައިވް

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހިއްޖެ

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެ ގަހެއްގައި ޖެހިއްޖެ

އައްޑޫ ސިޓީ ހިތަދޫގައި ކާރެއް ކޮންޓްރޯލް ނުވެ ގޮސް ގަހެއްގައި ޖެހި އެކްސިޑެންޓު ވެއްޖެއެވެ.

މިއަދު މެންދުރު މި ހާދިސާ ހިނގާފައިވަނީ މަރަދޫއިން ހިތަދޫ ކޮޅަށް ދުއްވާފައި ދިޔަ ކާރެއް ފިތުރޯނު ގަހެއްގައި ޖެހިގެންނެވެ. އެމީހާ ހިތަދޫ އަށް އައިސްފައިވަނީ އޭނާގެ ދަރިފުޅު ހޮސްޕިޓަލުގެ އައިސީޔޫގައި އޮތުމުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގިއިރު ކާރުގައި އިނީ ޑްރައިވަރު އެކަނި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެމީހާ އަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ލިބިފައި ނުވާއިރު އޭނާ އަށް މިހާރު އަންނަނީ އައްޑޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މިފަދަ ހާދިސާއެއް ހިނގާފައިވާއިރު މިދިޔަ އާދީއްތަ ދުވަހުގެރޭ ހިތަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވަނީ 24 އަހަރުގެ ޒުވާނަކު މަރުވެފައެވެ. އެ އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *