ކޮއްކޮ އާއި ދައްތަ ޖާމިނުކޮށް އައްމަޓީ ބަންދުން ދޫކޮށްފި

ކޮއްކޮ އާއި ދައްތަ ޖާމިނުކޮށް އައްމަޓީ ބަންދުން ދޫކޮށްފި

ސީ ލައިފް ގްލޯބަލްއާ ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހަވާލުކުރުމުން އެ ތަންތަން ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު، މަސައްކަތް ނުކޮށް ފިލައިގެން އުޅެނިކޮށް ރާއްޖެއިން ބޭރުން ހައްޔަރުކޮށް ގެނެސްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަހުމަދު މޫސާ (އައްމަޓީ)ގެ އެއްބަނޑުއެއްބަފާ ކޮއްކޮ އަދި ދައްތަ ޖާމިނުކުރުމަށްފަހު ބަންދުން ދޫކޮށްލައިފިއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީގެ މައްސަލައިގައި އެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވެފައިވަނީ، ހަރުދަނާ ފިޔަވަޅުތަކަކާ އެކު އައްމަޓީ ބަންދުން ދޫކުރުމަށް ނިންމަވާ ކަމަށެވެ. އެގޮތުން މި މައްސަލައިގެ އަޑުއެހުން ދިގުދެމިގެން ދާނެކަމަށް ބެލެވޭ ކަމަށާއި، އަދި މައްސަލަ އުފަންވީ މަދަނީ މައްސަލައަކުންކަން ފާހަގަކުރެއްވިއެވެ.

މީގެކުރިންވެސް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އައްމަޓީ ބަންދުން ދޫކޮށްލިއެވެ. އެފަހަރު އައްމަޓީ ބަންދުން ދޫކޮށްފައިވަނީ އޭނާއަށް ބޭސްފަރުވާ އެކަށީގެންވާގޮތުގައި ނުލިބޭތީ އަދި ބަލިހާލަތު ހުރިގޮތުން އެކަމަށް އޭނާގެ ފަރާތުން އެދުމުންނެވެ.

އެހެންނަމަވެސް އެފަހަރު ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ހުކުމް އިއްވަވަމުން ފަނޑިޔާރު ޝަހީދު ވިދާޅުވީ މި މައްސަލައިގައި އަހުމަދު މޫސާ ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރު ބާތިލުކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ހުކުމް ކުރާކަމަށެވެ.

13 މާރިޗު 2014 ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުވާ ކޮށްފައިވަނީ 30 މޭ ގައެވެ.

މި މައްސަލައިގައި އައްމަޓީގެ މައްޗަށް ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާ ކޮށްފައިވެއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މި ކުށްތަކަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބަށް ބަލާއިރު، މި ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ބެލެވޭކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *