އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންފި

އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގެންފި

އއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސް އުކުޅަސް، ތޮއްޑޫ، ރަސްދޫ، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދު އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި އެ ރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވައިލައްވާ، ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

އަތޮޅުތެރެއަށް ރައީސް ފައްޓަވާފައި ވަނީ ސިލްސިލާ ދަތުރުފުޅު ތަކެކެވެ. އެގޮތުން މީގެކުރިން ރައީސް ވަނީ ތ. އަތޮޅާއި، ށ. އާއި ރ.އަތޮޅުގެ ރަށްތަކަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *