ރައީސުލްޖުމްހޫރިއްޔާ، އއ.އަތޮޅުގެ 4 ރަށަކަށް މާދަމާ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ، އއ.އަތޮޅުގެ 4 ރަށަކަށް މާދަމާ ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް، އއ.އަތޮޅުގެ 4 ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މާދަމާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖާމް މުޙައްމަދު މަބްރޫކް ޢަޒީޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އއ.އަތޮޅަށް ފަށްޓަވާ ދެ ދުވަހުގެ މިދަތުރުފުޅުގައި ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ އަދި ހިމަންދުއަށް ވަޑައިގެން، އެރަށްރަށުގައި ހިންގަމުންދާ މަޝްރޫޢުތައް ބައްލަވާލައްވައި ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރައްވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އަތޮޅުތަކުގެ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކުގެ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެއްލެވުމަށާއި ރަށްރަށުގެ ރައްޔިތުންނާ، ބައްދަލުކުރެއްވުމަށް ދަތުރުތައް ކުރައްވަމުންނެވެ.

އެންމެފަހުން އެމަނިކުފާނު ވަޑައިގަތީ މިމަހުގެ 15ވަނަ ދުވަހު ތ.އަތޮޅުގެ ބައެއް ރަށްރަށަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *