މޫސުމާ ބެހޭ ގައުމީ އިދާރާއިންދޭ އެލާޓްތަކަށް ސަމާލުކަން ދިނުން މުހިންމު: ކޯސްޓްގާޑް

މޫސުމާ ބެހޭ ގައުމީ އިދާރާއިންދޭ އެލާޓްތަކަށް ސަމާލުކަން ދިނުން މުހިންމު: ކޯސްޓްގާޑް

މޫސުމާ ބެހޭ ގައުމީ އިދާރާއިންދޭ އެލާޓްތަކަށް ސަމާލުކަން ދިނުން މުހިންމު ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑްގެ މޭޖަރ މުހައްމަދު ފަހުމީ ވިދާޅުވެއްޖެއެވެ.

މޭޖަރ މުހައްމަދު ފަހުމީ ވިދާޅުވީ އިންތިހާއަށް ކަނޑު ގަދައިރުގައި ވެސް ކަނޑު ދަތުރުކުރާ ފަރާތްތަކުން ލައިފް ޖެކެޓް ނާޅާ ދަތުރުކުރާކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ލައިފް ޖެކެޓް އެޅުމަށް ކަނޑު އުޅަނދުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން ވެސް އިރުޝާދު ނުދޭ ކަމަށާއި، ކަނޑު ގަދަ އިރު ލައިފް ޖެކެޓް އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ފަހުމީ ވިދާޅުވިއެވެ.

މީގެއިތުރުން ކޯސްޓް ގާޑްގެ މޭޖަރ މުހައްމަދު ނައީމް ވިދާޅުވީ މާލެ ކައިރިން ދަތުރުކާ ފަރާތްތަކުން ހާއްސަކޮށް ރިސޯޓްތަކުގެ ދަތުރުތަކުގައި ލައިފް ޖެކެޓް އާންމުކޮށް އަޅާ ކަމަށާއި، އެކަމަކު ގަދައިގައި ދުއްވާ ޕްރައިވެޓް އުޅަނދުތަކުން ބައެއް ހާލަތްތަކުގައި ލައިފް ޖެކެޓް ނާޅާ ދަތުރުކުރާކަން ފާހަގަވެފައިވާ ކަމަށާއި، އެހެންކަމުން އެ ފަރާތްތަކަށް ނަސޭހަތްތެރިވާ ކަމަށެވެ.

މި ފަހުން ކަނޑުމަތީގައި ހިނގައިދިޔަ ހާދިސާތަކުގައި އެންމެ ބޮޑަށް ފާހަގަވި ކަމަކީ މޫސުމަށް ނުބަލާ ދަތުރުކުރުން ކަމަށާއި، އަދި މޫސުން ގޯސް ދުވަސްވަރު ލައިފް ޖެކެޓް ނާޅާ ދަތުރުކުރުން ފާހަގަކުރެވިފައިވާ ކަަމަށާއި، މި ހާދިސާތަކުގައި މިފަދަ ކަންކަމަށް އުޅަނދުފަހަރުގެ ކައްޕިން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ހޮނިހިރު ދުވަހު މާލެއިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކުން ވެއްޓި އަންހެނަކު މަރުވެފައިވާއިރު، އޭނާގެ ހަތަރު އަހަރުގެ ދަރިފުޅު އަދިވެސް ފެނިފައެއް ނުވެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *