ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކޮށްފި

ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުއައްސަސާ ވަކިކޮށްފި އެވެ.

ފުލުހުންގެ އާ ގާނޫނުގެ ދަށުން ފުލުހުންގ މުވައްސަސާ ވަކި މިނިސްޓްރީއެއްގެ ދަށުން ހިނގަންވާނެ ކަމަށް ބުނެފައިނުވާތީ ހޯމް މިނިސްޓްރީގެ ދަށުން ފުލުހުންގެ މުވައްސަސާ ވަކިކުރައްވައި އެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ހޯމް މިނިސްޓަރަށް އަންގަވާފަ އެވެ. ރައީސުލް ޖުމްހޫރިއްޔާ އެގޮތައް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ހޯމް މިނިސްޓަރަށް އެންގެވީ މި މަހުގެ 14 ވަނަ ދުވަހު އެވެ. އަދި އެ ސިޓީ މިހާރު ވަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ.

ހޯމް މިނިސްޓަރަށް ރައީސް އޮފީހުން އަންގަވާފައިވަނީ އަލަށް އަމަލުކުރަން ފަށާފައިވާ ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ވަކި މިނިސްޓްރީއެއްގެ ދަށުން ހިންގުމަށް ކަނޑައަޅާފައިވާ މުއައްސަސާއަކަށް ނުވާތީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން މޯލްޑިވްސް ޕޮލިސް ސާވިސް ހިންގަމުން ދާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖެއްސުމާ ގުޅިގެން 2021 މާރިޗް 27 ވަނަ ދުވަހުން ފެށިގެން ތިޔަ މިނިސްޓްރީ އާއި ތިޔަ މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަންތަނުގެ މަސައްކަތްތައް ހަމަޖައްސަވާފައިވާ ގޮތުގެ ލިޔުން މި ސިޓީއާ އެކު ފޮނުވީމެވެ، އަލީ ޒާހިރު ފޮނުއްވި ސިޓީގައި ވެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *