ކޮވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 46 މީހުން

ކޮވިޑް-19އަށް މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 46 މީހުން

ރާއްޖެއިން އިތުރު 46 މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާއްމުކުރެއްވި ތަފާސްހިސާބުތައް ދައްކާގޮތުގައި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ރާއްޖެއިން 46 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 86،211 އަށް އަރައިފި އެވެ.

މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 14 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 22 މީހުންނާއި ރިޒޯޓްތަކުން ޕޮޒިޓިވްވި 10 މީހެކެވެ.

މިވަގުތު ހޮސްޕިޓަލުގައި 13 މީހަކަށް ފަރުވާދެމުންދާއިރު މިހާތަނަށް ރާއްޖޭގައި 84،718 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. އަދި ކޮވިޑުން ރަނގަޅު ނުވެ ތިބީ 1،242 މީހުންނެވެ. އަދި ވޭތުވެ މިދިޔަ 24 ގަޑި އިރުތެރޭ ހެދީ 3،668 ކޮވިޑް ޓެސްޓެވެ. ކޮވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 238 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިދުވަސްވަރު ދަށަށްވެފައިވާއިރު މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ދަނީ ދުވަހުން ދުވަހަށް މަދުވަމުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކޮންމެވެސްވަރަކަށް ވަނީ ދަށްވެފައެވެ. މިއާއެކު ވަނީ މާލެ ސަރަހައްދުގެ ކާފިއު އުވާލާ ބޮޑެތި ލުއިތަކެއް ވަނީ ދީފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *