ތިނަދޫގައި ތިން މަހުގެ ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން ޑޮކްޓަރަކު ސަސްޕެންޑް ކޮށްފި

ތިނަދޫގައި ތިން މަހުގެ ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން ޑޮކްޓަރަކު ސަސްޕެންޑް ކޮށްފި

ގދ. ތިނަދޫއިން މިއަދު ތިން މަހުގެ ކުއްޖަކު މަރުވި މައްސަލައާ ގުޅިގެން ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި މަސަތްކައް ކުރަމުން އައި ބިދޭސީ ޑޮކްޓަރަކު ސަސްޕެންޑް ކޮށްފިއެވެ.

އެ ކުއްޖާ މަރުވީ ކޮވިޑް-19 ގައި ކަމަށް އެ ހޮސްޕިޓަލުން ފުރަތަމަ ނިންމި ނަމަވެސް ފަހުން ވަނީ އެ ކޮވިޑް މަރެއް ނޫން ކަމަށް ނިންމާފައެވެ. އެ ކުއްޖާ މަރުވީ އެ ހޮސްޕިޓަލުގެ ޑޮކްޓަރެއްގެ އިހުމާލުން ކަމަށް އާއިލާ އިން އަންނަނީ ތުހުމަތު ކުރަމުންނެވެ.

އެ ކުއްޖާ މަރުވި މައްސަލަ އެ ހޮސްޕިޓަލުން ބަލަން ފަށާފައިވާއިރު، އެ ޑޮކްޓަރު ސަސްޕެންޑުކޮށްފައިވަނީ އެ މައްސަލަ ބަލައި ނިމެންދެންނެވެ.

ތިނަދޫ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ އުމުރުން ތިން މަހުގެ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާ މަރުވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *