ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ ބޮޑުބަޔަކަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފައިވަނީ ށ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ހެނދުނު 10:30 އިން ފެށިގެން ހަވިރު 04:30 އާ ހަމައަށެވެ. މިވަގުތުތަކުގައި ބޯކޮށް ވާރޭވުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
އަދި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެފައިވާތީ ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

