ވަޅޯމަސް މާރުކޭޓް ބޭރު ތޮށިމަތީ މަސްބާނަން ހުއްޓައި ވަޔާއެކު މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

ވަޅޯމަސް މާރުކޭޓް ބޭރު ތޮށިމަތީ މަސްބާނަން ހުއްޓައި ވަޔާއެކު މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

އިއްޒުންދީން ފާލަން ކައިރީގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓި މަރުވެއްޖެއެވެ.

މި ޙާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އިއްޒުއްދީން ފާލަން ކައިރީގައި ބޭރު ތޮށިމަތީގައި މަސްބާނަން ހުރި މީހަކު މޫދަށް ވެއްޓިގެން އުޅޭ ކަމުގެ މައުލޫމާތު ހޯމަ ދުވަހުގެ ހެނދުނު 06:05 ގައި ލިބިފައިވާ ކަމަށެވެ. އޭނާ މޫދަށް ވެއްޓުނީ ވައިގަދަވުމުގެ ސަބަބުންކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ހޮސްޕިޓަލަށް ގެންދިޔަ ފަހުން އޭނާ ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ. އެގޮތުން އޭނާ ނިޔާވެފައިވަނީ 07:20 ހާއިރު ކަމަށް އައިޖީއެމްއެޗްއާ ޙަވާލާދީ ފުލުހުން މައުލޫމާތުދެއެވެ.

މި ޙާދިސާގައި ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *