އައްޑޫސިޓީގައި ސައިލަކް ކޮންޓްރޯލްނުވެ ފާރެއްގައި ޖެހި ޒުވާނަކު މަރުވެއްޖެ

އައްޑޫސިޓީގައި ސައިލަކް ކޮންޓްރޯލްނުވެ ފާރެއްގައި ޖެހި ޒުވާނަކު މަރުވެއްޖެ

އައްޑޫސިޓީ ހިތަދޫގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 24 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.

ރޭ ދަންވަރު 12:45 އެހަކައްހާއިރު ހިނގި މިއެކްސިޑެންޓުގައި މަރުވެފައިވަނީ، ސި ހިތަދޫ ރަހަދޫގެ މުހައްމަދު އަލްތާފްއެވެ. އެނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ވިދާޅުވެއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ފްލެޓުތަކުގެ އުތުރުން އޮންނަ ސަރަހައްދުގައެވެ. އެކްސިޑެންޓްވީ މި ޒުވާނާ ދުއްވާދިޔަ ސައިކަލް ކޮންޓްރޯލްނުވެ ގެއެއްގެ ފާރުގައި ޖެހިގެންކަމަށް ފުލުހުން ވިދާޅުވެއެވެ. އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މި ޒުވާނާ ދިރިއުޅޭ ގެ އާއި ދާދި ކައިރީގައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ މި ޒުވާނާ ރޭ ދަންވަރު 12:27 ގައި ހޮސްޕިޓަލަށް ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ބޮލަށް ލިބިފައި ހުރި އަނިޔާ ތަކުގެ ސަބަބުން ކަމަށް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މިއެކްސިޑެންޓް ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ މިހާރު ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *