ކަނޑަށްވެއްޓި ނިޔާވި ނާހިދާގެ ޖަނާޒާ ބާއްވައިފި

ކަނޑަށްވެއްޓި ނިޔާވި ނާހިދާގެ ޖަނާޒާ ބާއްވައިފި

އޮޅުވެލި ބީޗް ރިސޯޓު ކައިރިން އިއްޔެ ދަތުރުކުރި ލޯންޗަކަށް ރާޅުއަރައި ހިނގި ހިތާމަވެރި ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ޖަނާޒާ ބާއްވައިފިއެވެ. ނާހިދާގެ ޖަނާޒާ ބައްވާފައިވަނީ މިއަދު އަޞްރު ނަމާދަށް ފަހު މަސްޖިދުއް ތަޢާވުން، އާސަހަރާ މިސްކިތުގައެވެ.

މިއަދު އަޞްރު ނަމާދަށް ފަހު މަސްޖިދުއް ތަޢާވުން، އާސަހަރާގައި ބޭއްވި މި ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ފުލުހުން ވިދާޅުވީ ޙާދިސާއަށްފަހު ނާހިދާ ކ.ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ. މިހާދިސާގައި މަރިޔަމް ނާހިދާގެ 4 އަހަރުގެ ދަރިފުޅުވެސް ވަނީ ކަނޑަށް ގެއްލިފައެވެ. އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުންދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ. ކަނޑުމަތީގެ ހާދިސާގައި ނިޔާވި މަރިޔަމް ނާހިދާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ކޯސްޓް ގާޑުގެ އެހީތެރިކަމާއިއެކު މިއަދު ހެނދުނު 7:30 ހާއިރުއެވެ.

12 މީހުންނާއި 2 ކުޑަކުދިންނާއެކު މާލެއިން ފުރައިގެން ވ.އަތޮޅަށް ދަތުރުކުރި ލޯންޗަށް ރާޅު އަރާފައިވަނީ އޮޅުވެލި ރިސޯޓް ކައިރީގައި އޮއްވައެވެ. އަދި ރާޅު އެރުމާގުޅިގެން 3 މީހަކު މޫދަށް ވެއްޓުނު ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ނާހިދާއާއި އޭނާގެ 2 ކުދިންނެވެ. މީގެއިތުރުން އެ ލޯންޗުން ދަތުރުކުރި އިތުރު 3 މީހަކަށްވެސް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *