ފުލުހުން ބުނިގޮތުގައި މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނީ ނ. ވެލިދޫ، ބީޗްހެވެން، އުމުރުން 19 އަހަރުގެ ޖުމާން މުސްޠަފާ އާއި ގއ. ކޮލަމާފުށި، ސޯސަންގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ޒައިދު ޙަބީބު އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އަޙްމަދު އާއި ހދ. މަކުނުދޫ، ޑިއާފުރެންޑް، އުމުރުން 24 އަހަރުގެ އިބްރާހީމް ސިނާނު ކަމަށެވެ.
އަދި އެމީހުންގެ އިތުރުން އެ މައްސަލާގައި އާއި ދ. ބަނޑިދޫ، ޕޮލަރިސް، އުމުރުން 61 އަހަރުގެ މުޙައްމަދު ޙުސައިން އާއި ބަނގްލަދޭޝް، އުމުރުން 35 އަހަރުގެ އެމްޑީ ރަފީޤުލް އިސްލާމް އާއި ބަނގްލަދޭޝް، އުމުރުން 24 އަހަރުގެ ޑީއެމް މޮބިން އާއި ގއ. ދެއްވަދޫ، ދޭލިޔާގެ އުމުރުން 26 އަހަރުގެ މިދުހަތު އިބްރާހީމް އެވެ.
މި މީހުންގެ ތެރޭގައި ހިމެނޭ ޖުމާން މުސްޠަފާ އާއި އިބްރާހީމް ޒައިދު ޙަބީބު އާއި މުޙައްމަދު އަޙްމަދު ވަނީ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައެވެ. އިބްރާހީމް ސިނާނު އާއި މުޙައްމަދު ޙުސައިން އާއި އެމްޑީ ރަފީޤުލް އިސްލާމް އާއި ޑީއެމް މޮބިން ވަނީ 15 ދުވަހަށް ބަންދަށް ކޯޓުން ޖަހާފައިވަނީ 15 ދުވަސްކަމަށް ފުލުހުން ބުނެ އެވެ. މިދުހަތު އިބްރާހީމުގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.
މިއީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޚާއްސަ ސަމާލުކަމެއް ދީގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ކާމިޔާބު އޮޕަރޭޝަނެކެވެ. މިއޮޕަރޭޝަންގެ އިތުރުން، މި ފަހުން ހިނގުނު އޮޕަރޭޝަނެއްގައި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ. އެ އޮޕަރޭޝަންގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

