ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެ ޖުމުލަ އަދަދު 238 އަށް

ކޮވިޑް ބަލީގައި އިތުރު ދިވެއްސަކު ނިޔާވެ ޖުމުލަ އަދަދު 238 އަށް

ކޮވިޑް ބަލީގައިއިތުރު ދިވެއްސަކު ނިޔާވެ ޖުމްލަ އަދަދު 238 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ހެނދުނު 07:45 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި ފިރިހެނެކު މަރުވެފައިވެއެވެ.

ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 86،088 އަށް އަރާފައެވެ. ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 1251 ކޭސް އެވެ. މި ބަލިން 84،587 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 17 މީހަކަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *