ލޯންޗެއް އަޑިއަށް ގޮސް ކުއްޖަކު ގެއްލި އަންހެނަކު ނިޔާވެއްޖެ

ލޯންޗެއް އަޑިއަށް ގޮސް ކުއްޖަކު ގެއްލި އަންހެނަކު ނިޔާވެއްޖެ

އޮޅުވެލި ފުށީ ކައިރިން ލޯންޗެއް އަޑިއަށް ގޮސް ކުޑަކުއްޖަކު ގެއްލި އަންހެނަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ގެއްލުނު ކުއްޖާގެ މަންމަކަމަށްވެސް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މާލެ އިން ވ.އަތޮޅަށް ދަތުރުކުރަމުންދިޔަ ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 17:30 ހާއިރު ލިބިފައިވާ ކަމަށެވެ.

މި ހާދިސާގައި އެ އެ ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާއިރު ހަތަރު އަހަރުގެ ކުއްޖާ އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓްގާޑު މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ލޯންޗުގައި 2 ކުޑަކުދިންނާއެކު 12 މީހުން ތިބިކަމަށާއި، އެ ލޯންޗު މިހާރު މާލެ އަތޮޅު ގުރައިދޫއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ކަނޑުތައް ގަދަ ދުވަސްވަރެއް ކަމަށްވާއިރު، އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރުކުރުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *