50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:30 އިން ފެށިގެން ހަވީރު 04:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.
ރާއްޖެ ސަރަހައްދުގައި ވައިދަގަވެ ކަނޑުގަދަ ވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ރޭ ދަންވަރުން ފެށިގެން ވެސް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.

